Presentation is loading. Please wait.

Presentation is loading. Please wait.

ރިޕޯރޓް ލިޔުން.

Similar presentations


Presentation on theme: "ރިޕޯރޓް ލިޔުން."— Presentation transcript:

1 ރިޕޯރޓް ލިޔުން

2 ރިޕޯރޓަކީ ކޮބައި؟ ހޯދޭ ހޯދުންތަކެއްގެ މައްޗަށް ބިނާކޮށް ނުވަތަ ތަޖުރިބާތަކެއްގެ މައްޗަށް ބިނާކޮށް ކަމެއް ހިނގާފައި އޮތްގޮތް، ކަމެއް ހިނގަމުންދާ ގޮތް، ނުވަތަ ކަމެއް އޮތް ހާލަތު ބަޔާންކޮށް ރިޕޯރޓުކުރުމަށް ލިޔާ ލިޔުން.

3 ރިޕޯރޓުގެ ވައްތަރުތައް:
ނޫސް ރިޕޯރޓް ސައިންސް އެކްސްޕެރިމަންޓް ރިޕޯރޓް ކުރި މަސައްކަތެއް ނުވަތަ ހެދި ޕްރޮޖެކްޓެއްގެ ރިޕޯރޓް ހޯދިހޯދުމާއި ބެހޭ ރިޕޯރޓް

4 ރެކޮމެންޑޭޝަން (ޙައްލު) ތަޢާރަފު ނުވަތަ ފެށުން
ރިޕޯރޓްގައި ހިމެނޭ ބައިތައް: މައިގަނޑުބައިތައް ރެކޮމެންޑޭޝަން (ޙައްލު) ހޯދިހޯދުންތައް ހޯދިގޮތް ނުވަތަ ފެނުނު ކަންތައްތަކާއި އޭގެ ނަތީޖާ (ތަފްޞީލުކޮށް) ތަޢާރަފު ނުވަތަ ފެށުން ނިންމުން

5 ފެށުން ނުވަތަ ތަޢާރަފު
ފެށުމުގައި އޮންނާނީ ރިޕޯރޓުގެ ތަޢާރަފެއް. ތަޢާރަފު ބިނާވެފައި އޮންނާނީ މައިގަނޑު 3 ކަމެއްގެމައްޗަށް 1- ރިޕޯރޓުގެ މަޤްޞަދު 2- ޙައިޞިއްޔަތު (ރިޕޯރޓު ލިޔާފަރާތުގެ) 3- ރިޕޯރޓުގައި ހިމެނޭ ބައިތައް

6 ފެށުމުގެ މިސާލު: ޙަޤީޤީ ޑިމޮކްރަސީއަށް ވާޞިލުވުމަށްޓަކައި ހުރި ހުރަސްތައް ނައްތާލުން.
ޑިމޮކްރަސީއަކީ ދުނިޔޭގެ ވެރިކަމުގެ ނިޒާމުތަކުގެ ތެރެއިން ހުޅަނގުން ދުނިޔޭގައި ބާއްވަން ބޭނުންވާ ވެރިކަމުގެ ނިޒާމެކެވެ. ދިވެހިރާއްޖެއަށްވެސް މިވަނީ މިއަދު ޑިމޮކްރަސީވެރިކަމެއް ލިބިފައެވެ. ޑިމޮކްރަސީއަކީ ރައްޔަތުންގެ ވެރިކަމަށްވީހިނދު ކުރަންވާ ކަންތައްތަކާއި ނުކުރަންވާ ކަންތައްތައް ނިންމާނީ ރައްޔަތުންނެވެ. ވީއިރު އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓައިގެން ޒަމާނީ ޑިމޮކްރަސީއެއް ޙަޤީޤީ މާނައިގައި ނުގެނެވޭނެއެވެ. މިއީ، ޑިމޮކްރަސީ ކޮމެޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް ހުރި ހުރަސްތައް ނައްތާލާނެގޮތް ހޯދައި އޭގެ ޙައްލު ހޯދުމަށް ލިޔާ ރިޕޯރޓެކެވެ. މިރިޕޯރޓުގައި ހިމަނާފައިވާނީ ޑިމޮކްރަސީއަކީ ކޮބައިކަމާ އިސްލާމްދީނާއި ޑިމޮކްރަސީއާއި ހުރި ތަފާތުތަކާއި ޑިމޮކްރަސީއަށްޓަކައި އިސްލާމީ އުޞޫލުތަކުން މިގައުމުން ބާކީކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ގޮތުގެ މައްޗަށެވެ.

7 ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތު ހޯދިގޮތް
މިބައިގައި ހިމަނާނީ ރިޕޯރޓު އެކުލަވައިލުމަށް ބޭނުންކުރި ޑާޓާ ނުވަތަ މަޢުލޫމާތު ހޯދި ގޮތްތަކެވެ. ރާއްޖޭގައި އަދި މިއީ އާކަމެއް ނަމަވެސް އެހެން ޤައުމުތަކުގައި މިކަން ކުރޭ މިއީ ރިޕޯރޓު ބަލާ މީހުންނަށް މުހިއްމު މަޢުލޫމާތެއް.

8 މައިގަނޑު ހޯދި ހޯދުންތަކާއި ނަތީޖާ ( މައިގަނޑު )
މިބައިގައި ހިމަނާނީ ކުރި ދިރާސާ ނުވަތަ ހޯދި ހޯދުމުން ފެނުނު ކަންތައްތަކުގެ ތަފްޞީލު އަދި ނިކުތް ނަތީޖާ މައްސަލައެއްނަމަ މައްސަލައިގެ ތަފްޞީލު، މައްސަލަ ހިނގުމަށް މެދުވެރިވި ސަބަބުތައް، ފެނުނު ހެކިތައް.

9 މިސާލު: އިސްލާމް ދީނާއި ޑިމޮކްރަސީއާއި ފުށުއަރާ މުހިއްމު ބައެއް ކަންކަން
އިސްލާމް ދީނުގައި ވެރިކަން މިލްކުވަނީ ހެއްދެވި ފަރާތަށެވެ. ކުރާނޭ ކަންތައްތަކާއި ނުކުރާނޭކަންތައްތައް ނިންމާނީ އެފަރާތުންނެވެ. ނަމަވެސް ޑިމޮކްރަސީގައި މިކަންކަން ނިންމަނީ ރައްޔަތުންނެވެ. އަދި ޑިމޮކްރަސީގައި ފަރުދީ މިނިވަންކަމަކީ އެމީހަކު ބޭނުން ކޮންމެ ކަމެއް ކުރެވޭ ގޮތަށް އޮންނަ ކަމެކެވެ. އެއްޖިންސުން ކައިވެނިކުރުމާއި ބަދުއަޚުލާޤީ ޢަމަލު ހިންގުމާއި އަދި މި ނޫންވެސް ފާހިޝް ޢަމަލުތަކަކީ ޤާނޫނީގޮތުން ހުއްދަ ކަންކަމެވެ. ނަމަވެސް މިއިން ކޮންމެ ކަމަކީވެސް އިސްލާމްދީނުގައި ބޮޑެތި ފާފައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއާއި އިސްލާމީ އުޞޫލާއި މުޅިން ޚިލާފު އުޞޫލުތަކެއް ހިމެނޭކަމެކެވެ. ޑިމޮކްރަސީގައި ތިމާ ހިތުހުރިއެއްޗެއް ހިތުހުރި މީހަކާ ދިމާއަށް ކިއިދާނެއެވެ. ހެއްދެވިފަރާތާއި ރަސޫލާއަށްވެސް ފާޑުކިޔޭނެއެވެ. ނަމަވެސް އިސްލާމްދީނުގައި ތުހުމަތެއް މީހެއްގެ ބޮލުގައި އަޅުވަންވާނީ ހެކިލިބިގެންނެވެ.

10 ރެކޮމެންޑޭޝަން ނުވަތަ ޙައްލު
މިބައިގައި ލިޔާނީ ކުރި ދިރާސާގެމައްޗަށް ބިނާކޮށް އެކަމެއް ރަނގަޅު ކުރުމަށް ނުވަތަ ޙައްލު ކުރުމަށް ރިޕޯރޓު އެކުލަވާލި ފަރާތުން ހުށަހަޅާ ޚިޔާލެވެ. ރެކޮމެންޑޭޝަން ބިނާކުރާނީ ދިރާސާގެ ނަތީޖާގެމައްޗަށެވެ.

11 މިސާލު: ފުރިހަމަ ޑިމޮކްރަސީއަކަށް ހުށަހަޅާ ޙައްލު
ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަކީ ޙަޤީޤީ މާނަގައި ޑިމޮކްރަސީ ގެނައުމެވެ. މިކަމަށްޓަކައި މިހާރު ރާއްޖޭގައި ހުރި ބައެއް ޤާނޫނުތައް ޒަމާނާއި އެކަށޭނަ ގޮތަށް ބަދަލުކުރަންޖެހޭނެއެވެ. ފުރަތަމަވެސް އިސްލާމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭ ޤާނޫނު މިހިނދުން މިހިނދަށް ބާޠިލުކުރަންވާނެއެވެ. މި ރާއްޖޭގައި އެއްޖިންސުން ކައިވެނި ކުރަންބޭނުންވާ މީހުންނަށް އެކަމުގެ ފުރުޞަތު ހުޅުވެންވާނެއެވެ. އަދި އެ ރައްޔަތަކު އުޅެން ބޭނުންވާ ދީނަކަށް އުޅެވެން ވާނެއެވެ. ހަމައެއާއި އެކު ޒިނޭ ޚާނާތަކާއި ކުލަބުތައް އަދި ފައްޅިތަކާއި ޗާރޗްތައް ވީ އެންމެ އަވަހަކަށް ބަހައްޓަން ވާނެއެވެ.

12 ނިންމުން ރެކޮމެންޑޭޝަން އަކީ ނިންމުން.
ރެކޮމެންޑޭޝަނަށްފަހު ނިންމުން ގެނެސްފައި ހުރޭ މިގޮތަށް ނިންމުން ގެންނަނަމަ ހުންނަނީ ޝުކުރު ޙައްޤުވާ ފަރާތަށް ޝުކުރު އަދާކޮށްފަ. ނިންމުން ނުގެނައުމަކީ މައްސަލައެއް ނޫން.

13 މޮޅު ރިޕޯރޓެއްގައިނަމަ:
އަރިމަތީ ސުރުޚީތައް (ސާފުކޮށް ބަޔާންކޮށްދިނުމަށް) ސާބިތުހެކި / ފެކްޓްސް / ތަފާސް ހިސާބު ފަސޭހަކަމާއި އެކު ކިޔާލެވޭ އުޞްލޫބެއް (ސްޓައިލެއް)

14 ރިޕޯރޓުގެ ބަހުރުވަ ރިޕޯރޓުގެ ބަހުރުވަ ހުންނަނީ ރަސްމީކޮށް
“އަހަރެން” “އަހަރެމެން” ފަދަ ބަދަލުނަންތައް ބޭނުން ނުކުރުން. ބަސްމަގު ހުންނަންވާނީ ރިޕޯރޓުކުރާ ބީދައިން. މީހުންނަށް ކަމެއް އަންގައިދިނުމަށް މަސައްކަތްކުރާ ބީދައިން

15 ރިޕޯރޓުލިޔުމުގެ ހަރުފަތްތައް
ޓާސްކް: ވިލާކޮލެޖަށް ކިޔަވަން އަންނަ ދަރިވަރުންނަށް ފެކަލްޓީ ހުންނަ ޢިމާރާތުން ކައްކާވަސް ދުވާތީ ވަރަށް ބޮޑަށް އުނދަގޫވާކަމަށް ބައެއް ދަރިވަރުން ވަނީ ޝަކުވާކޮށްފައެވެ. މި މައްސަލައިގައި ދަރިވަރުންނާއި މުވައްޒަފުން ދެކޭގޮތާއި މި ވަސް އަންނަ ސަބަބެއް ހޯދުމަށް ދިރާސާކޮށް ރިޕޯރޓެއް ލިޔުމަށް ކޮލެޖުގެ ރެކްޓަރ ވަނީ މި ކުލާހުގެ ދަރިވަރުންނާ ޙަވާލުކޮށްފައެވެ.

16 ކަޑައްތު ކުރެވިދާނޭ ހަރުފަތްތައް
ބްރެއިންސްޓޯމް (ސިކުނޑިގާނައިގެން) ސުވާލުތަކުގެ ނޯޓު ހަދާށެވެ. ކުރާނީ ކޮންކަހަލަ ދިރާސާއެއް ޙަޤީޤީ މައްސަލަ ދެނެގަތުން ކޮންޓިޓޭޓިވް؟ ކޮލިޓޭޓިވް؟ ދަރިވަރުންނަށް އުނދަގޫވަނީ ކޮންވަހެއްގެ ސަބަބުން؟

17 ވަހުގެ ސަބަބުން ވަނީ ކޮންކަހަލަ އުނދަގުލެއް؟
ފިޔާވަސް؟ ހަވާދުވަސް؟ ލޮނުމެދުވަސް؟ ވަހުގެ ސަބަބުން ކިޔެވުމަށް އަސަރުކުރޭތަ؟ ވަސްހުއްޓުވަން ކުރެވޭނީ ކޮންކަމެއް؟ ނޫނީ ކޮންކަމެއް؟ ކެއްކިޔަ ނުދޭނީތަ؟ މި މައްސަލަ ޙައްލު ކުރާނީ ކިހިނެއް؟

18 ރިޕޯރޓަށް މަޢުލޫމާތު ހޯދާނީ ކިހިނެއް؟
އިންޓަވިޔު ކުރާނެތަ؟ އަމިއްލައަށް ކަމުގެ ޙަޤީޤަތް ބަލާނެތަ؟ ކަމާއި ގުޅޭގޮތުން ހުރި ލިޔުންތައް ކިޔާނެތަ؟ (ލިޓްރޭޗަރ ރިވިއު)

19 ރިޕޯރޓަށް މަޢުލޫމާތު ހޯދާނީ ކިހިނެއް؟
މަޢުލޫމާތު ހޯދުމަށްފަހު ލިޔާނެ އަރިމަތީ ސުރުޚީތަކާމެދު ވިސްނާލާށެވެ. ރިޕޯރޓުގެ ދިގުމިނަށް ބަލައި މަޢުލޫމާތު އަތުރާލާށެވެ.

20 Reference: Heins, S., Stewart, B. (1997). New first certificate, masterclass. Oxford: OUP. Barton, G. (200). Writing to 14. Oxford: OUP. Ontario Language arts curriculum. (2000). Ontario: Department of Education.

21 ދެން މިރެއަށް ނިމުނީ


Download ppt "ރިޕޯރޓް ލިޔުން."

Similar presentations


Ads by Google